ހޯރަފުށީ ކައުންސިލްގެ އިދާރާގައި އުފައްދާފައިވާ ކޮމެޓީތައް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2010/07) ގެ ދަށުން އުފައްދާފައިވާ ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާގައި އިދާރީ ހިންގުމާއި އަދި ރަށުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ އެކިއެކި ޙަރަކާތްތައް ހިންގުމަށް އެހީތެރިވުމުގެ ގޮތުން 07 ކޮމެޓީއެއް އުފައްދާފައިވެއެވެ. އެއީ:

* ޕަބްލިކް ރިލޭޝަން ޔޫތު އެންޑް ސްޕޯޓްސް ކޮމެޓީ

* އެންވަޔަރަންމަންޓް އެންޑް ކޮމިއުނިޓީ ސަރވިސް ކޮމެޓީ

* ހައުސިންގ އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ކޮމެޓީ

* ހޯރަފުށީ ޓްރަސްޓް ފަންޑް ކޮމެޓީ

* ހޯރަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ

* ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމެޓީ (އެޗް.އާރު.އެމް.ޑީ ކޮމެޓީ)

* ބިޑް އިވެލުއޭޝަން ކޮމެޓީ

 

ކައުންސިލުގައި އެކުލަވާލެވިފައިވާ 03 ސްޓޭޑިންގ ކޮމެޓީ:

ކޮމެޓީތައް އުފެއްދި މަޤްޞަދު:

ކައުންސިލްގެ މެމްބަރުން އަދާކުރައްވަންޖެހޭ މަސްއޫލިއްޔަތާއި ޒިންމާ ކައުންސިލުން ކަނޑައެޅުމުގައި ވިސްނާ ރިޢާޔަތް ކުރަންޖެހޭ މައިގަނޑު އަސާސަކީ:

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2010/07) އިން ރަށުކައުންސިލުން ދިނުމަށް ލާޒިމްކުރާ ޚިދުމަތްތަކާއި ހޯރަފުށީ ކައުންސިލުން ތައްޔާރުކޮށް ތަންފީޛް ކުރަމުން ގެންދާ ތަރައްޤީގެ ޕްލޭންގައިވާ ލަނޑުދަޑިތައް ޙާޞިލްކުރުމަށް ހިންގަންޖެހޭ ޙަރަކާތްތައް ހިންގުމަށާއި، ކައުންސިލްގެ އިދާރާއިން ކުރިންވެސް އަދި މިހާރުވެސް ދެމުން ގެންދާ ޚިދުމަތްތައް ދިނުމަށާއި ރަށުގެ ތަރައްޤީއަށް ސަރުކާރުން އަމާޒުކޮށްފައިވާ ތަރައްޤީގެ އެކި މަޝްރޫޢުތައް ހިންގުމުގައި ސަރުކާރަށް އެއްބާރުލުންދީ އެހީތެރިވުމަށާއި، ކައުންސިލުން މުސްތަޤުބަލުގައި ހިންގުމަށް ފާސްކުރާ ކަންތައްތައް ހިންގުމުގެ ބޭނުމުގައި ކައުންސިލްގެ މެމްބަރުން އިސްކޮށް ތިއްބަވައިގެން ކައުންސިލްގެ އިދާރާގެ އިދާރީ މުވައްޒަފުންނާއި ރަށުގެ ރައްޔިތުންގެ ތެރެއިން ރަށުގައި ހުރި ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންގެ ތެރެއިން ޢައްޔަންކުރެވޭ ބޭފުޅުން ހިމަނައިގެން 03 ސްޓޭޑިންގ ކޮމެޓީ 2014 މެއި 01 ގައި އުފެއްދުނެވެ. އަދި މިކޮމެޓީތައް އެކުލަވާލެވިފައިވަނީ އަންނަނިވި ގޮތުގެ މަތިންނެވެ.

 

ޕަބްލިކް ރިލޭޝަން ޔޫތު އެންޑް ސްޕޯޓްސް ކޮމެޓީ:

* ކައުންސިލަރ އަލްފާޟިލް މުޙައްމަދު ސަމީރު (ކޮމެޓީގެ މުޤައްރިރު)، ޗާންދަނީގެ / ހއ. ހޯރަފުށި

* ކައުންސިލަރ އަލްފާޟިލް ޢަލީ ރިޔާޟް، މުރިނގު / ހއ. ހޯރަފުށި

* އެޑްމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލް ޙައްސާން ޙަސަން، ޓޫސަންސް / ހއ. ހޯރަފުށި

* އެޑްމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލާ އާމިނަތު ވަޙީދާ، ނޫވިލާގެ / ހއ. ހޯރަފުށި

* އަލްފާޟިލް އިބްރާހީމް ފަޟްލީން، ފަތަޙަ / ހއ. ހޯރަފުށި

 

އެންވަޔަރަންމަންޓް އެންޑް ކޮމިއުނިޓީ ސަރވިސް ކޮމެޓީ:

* ކައުންސިލަރ އަލްފާޟިލް ފާޠިމަތު ފަޛްނާ (ކޮމެޓީގެ މުޤައްރިރު)، މުނިޔާގެ / ހއ. ހޯރަފުށި

* ކައުންސިލަރ އަލްފާޟިލް މުޙައްމަދު ވަޙީދު، ޢާލަމް / ހއ. ހޯރަފުށި

* އެސިސްޓެންޓް ޑިރެކްޓަރ އަލްއުސްތާޛް މުޙައްމަދު ޢަޒްމީން، އަންނާރުގެ / ހއ. ހޯރަފުށި

* ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރ އަލްފާޟިލް އިލްޔާސް އިބްރާހީމް، މާޅިކަ / ހއ. ހޯރަފުށި

* އަލްފާޟިލް އަޙްމަދު މަޢުރޫފް، ސޯސަންވިލާ / ހއ. ހޯރަފުށި

* އަލްފާޟިލް އަޙްމަދު ރަޝީދު، އިރުދޭމާގެ / ހއ. ހޯރަފުށި

 

ހައުސިންގ އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ކޮމެޓީ:

* ކައުންސިލްގެ ނައިބުރައީސް އަލްފާޟިލް އަޙްމަދު ޒަކީ (ކޮމެޓީގެ މުޤައްރިރު)، އަނބުމާގެ / ހއ. ހޯރަފުށި

* ކައުންސިލަރ އަލްފާޟިލް އިބްރާހީމް ޝާކިރު، ހަޒާރުމާގެ / ހއ. ހޯރަފުށި

* ސީނިއަރ އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ އަލްފާޟިލް އަޙްމަދު ޝަމީމް، ދާރުއްސަލާމް / ހއ. ހޯރަފުށި

* ސީނިއަރ އެކައުންޓްސް އޮފިސަރ އަލްފާޟިލް މުޙައްމަދު ޝާފިޢު، ދީދާރު / ހއ. ހޯރަފުށި

* އަލްފާޟިލް ޢަލީ ވަޙީދު، މާވެލް / ހއ. ހޯރަފުށި

 

ހޯރަފުށީ ކައުންސިލްގެ އިދާރާގައި އުފައްދާފައިވާ އެހެނިހެން ކޮމެޓީތައް:

ޓްރަސްޓް ފަންޑް ކޮމެޓީ ކޮމެޓީ:

މި ކޮމެޓީގެ މައިގަނޑު މަސައްކަތަކީ ރަށުގެ ރައްޔިތުންގެ މާލިއްޔާއިން ކުރަންޖެހޭ ޚަރަދުތައް ކުރުމުގައި މަޝްވަރާކުރުމަށްފަހު މިކޮމެޓީއިން ނިންމާ ގޮތެއްގެ މަތިން ޚަރަދުކުރުން.

* ކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ ޢާރިފް (ކޮމެޓީގެ މުޤައްރިރު)، ކަނީރުމާގެ / ހއ. ހޯރަފުށި

* ކައުންސިލްގެ މެމްބަރު އަލްފާޟިލް މުޙައްމަދު ވަޙީދު، ޢާލަމް / ހއ. ހޯރަފުށި

* ހއ. އަތޮޅު މަދަރުސާގެ ކޮލިފައިޑް ލީޑިންގ ޓީޗަރ އަލްފާޟިލް އަޙްމަދު ނަޡީމް، ވޯޓަރލޫ / ހއ. ހޯރަފުށީ

* ޞިއްޙީ މަރުކަޒުގެ ފެމެލީ ހެލްތު ވޯކަރ އަލްފާޟިލް އަޙްމަދު އިބްރާހީމް، ފެންފިޔާޒުގެ / ހއ. ހޯރަފުށި

* ބިޒްވިލް މޯލްޑިވްސްގެ އެކްޒެކްޓިވް ބޯޑު މެމްބަރު އަލްފާޟިލް މުޙައްމަދު ޠަލާލް، ފަލަކް / ހއ. ހޯރަފުށި

* ސައުތު ފިއުލް ޓްރޭޑްގެ ވެރިޔާ އަލްފާޟިލް މުޙައްމަދު ޙަމީދު ޙުސައިން، ސީވިއު / ހއ. ހޯރަފުށި

* އެޑްމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލާ އާމިނަތު ވަޙީދާ، ނޫވިލާގެ / ހއ. ހޯރަފުށި

 

ބިޑް އިވެލުއޭޝަން ކޮމެޓީ:

މި ކޮމެޓީގެ މައިގަނޑު މަސައްކަތަކީ ކައުންސިލްގެ އެސެޓްތަކާއި ވަސީލަތްތައް މާލިއްޔަތު ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ކުއްޔަށް ދިނުމަށްޓަކައި އިޢުލާންކުރުމާއި އެކަމަށް ތައްޔާރުކުރަންޖެހޭ ލިޔުންތައް ތައްޔާރުކުރުމާއި ހުށަހެޅޭ ބީލަންތައް ބަލައި ދިރާސާކޮށް އެބީލަމެއް ކާމިޔާބުކުރާ ފަރާތާއެކު އެގްރީމަންޓް ތައްޔާރުކޮށް އެގްރީމެންޓްގެ ދަށުން އެފަރާތަކަށް އެކަމެއް ޙަވާލުކުރުން. މިކޮމެޓީގައި ހިމެނި ވަޑައިގަންނަވާ މެމްބަރުންނަކީ:

* އެސިސްޓެންޓް ޑިރެކްޓަރ އަލްއުސްތާޛް މުޙައްމަދު ޢަޒްމީން (ކޮމެޓީގެ މުޤައްރިރު)، އަންނާރުގެ / ހއ. ހޯރަފުށި

* ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރ އަލްފާޟިލް އިލްޔާސް އިބްރާހީމް، މާޅިކަ / ހއ. ހޯރަފުށި

* ސީނިއަރ އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ އަލްފާޟިލް އަޙްމަދު ޝަމީމް، ދާރުއްސަލާމް / ހއ. ހޯރަފުށި

* ސީނިއަރ އެކައުންޓްސް އޮފިސަރ އަލްފާޟިލް މުޙައްމަދު ޝާފިޢު، ދީދާރު / ހއ. ހޯރަފުށި

* އެސިސްޓެންޓް ފައިނޭންސް އޮފިސަރ އަލްފާޟިލް އައިޝަތު ރިޙްލާ، ރޯޝަން /  ހއ. ހޯރަފުށި

 

އެޗް.އާރު.އެމް.ޑީ ކޮމެޓީ:

މި ކޮމެޓީގެ މައިގަނޑު މަސައްކަތަކީ ސިވިލް ސަރވިސް ކޮމިޝަނުން ހަމަޖައްސާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން އައްޔަންކުރުމަށް އިންޓަރވިއު ޕެނަލްތައް އެކުލަވައިލުމާއި، މުވައްޒަފުން ހުށަހަޅާ ޝަކުވާތައް ބަލައި ޙައްލުކުރުމާއި، މުވައްޒަފުންގެ ކުރިއެރުވުމަށް އިތުރު ވަސީލަތްތައް ހޯދުމާއި، މުވައްޒަފުންނާ މެދު އަޅަންޖެހޭ އެންމެހާ އިދާރީ ފިޔަވަޅުތައް އަޅައި ތަޙްޤީގްކުރަންޖެހޭ މައްސަލަތައް ތަޙްޤީގުކުރުން.

* ޒިންމާދާރުވެރިޔާ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ވަޙީދު ޢުޘްމާން (ޗެއަރޕާސަން)

* ހއ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް އަލްފާޟިލް ޙުސައިން ނަޢީމް އަޙްމަދު

* ހއ. އަތޮޅު މަދަރުސާގެ ސްކޫލް އެޑްމިނިސްޓްރޭޓަރ އަލްފާޟިލް މުޙައްމަދު މުޚްތާރު

* އެސިސްޓެންޓް ޑިރެކްޓަރ އަލްއުސްތާޛް މުޙައްމަދު ޢަޒްމީން

* ސީނިއަރ އެކައުންޓްސް އޮފިސަރ އަލްފާޟިލް މުޙައްމަދު ޝާފިޢު

* ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރ އަލްފާޟިލް އިލްޔާސް އިބްރާހީމް

* ސީނިއަރ އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ އަލްފާޟިލް އަޙްމަދު ޝަމީމް

* ހޯރަފުށީ ޞިއްޙީމަރުކަޒުގެ އެކައުންޓްސް އޮފިސަރ އަލްފާޟިލް އިބްރާހީމް ނިޔާޒް

* ހޯރަފުށީ ޞިއްޙީމަރުކަޒުގެ އެސިސްޓެންޓް ކޮމިއުނިޓީ ހެލްތު އޮފިސަރ އަލްފާޟިލް ޢަބްދުﷲ ސަޢީދު

* އެޑްމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލް ޙައްސާން ޙަސަން

* ކައުންސިލްގެ ނައިބުރައީސް އަލްފާޟިލް އަޙްމަދު ޒަކީ (އޮބްޒާވަރ)