ހޯރަފުށީ ކައުންސިލްގެ އިދާރާގެ ރަސްމީ ވެބްސައިޓް ލޯންޗްކޮށްފި

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާގެ ރަސްމީ ވެބްސައިޓް ލޯންޗްކޮށްފިއެވެ. މި ވެބްސައިޓް ލޯންޗްކޮށްދެއްވާފައިވަނީ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަލްފާޟިލް މުޙައްމަދު ޝަރީފެވެ.  ވެބްސައިޓް ލޯންޗްކުރުމަށްޓަކައި ހޯރަފުށީ ކައުންސިލްގެ އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި ހޯރަފުށީ ކައުންސިލްގެ އިދާރާގެ ވެބްސައިޓްގެ އިތުރުން ޑިޖިޓަލް ނޯޓިސް ބޯޑާއި، އަދި ހޯރަފުށީ ޤަބުރުސްތާނުގައި ލައިޓްޖަހާ އަދި ފެން ނެގޭނެ އިންތިޒާމް ހަމަޖައްސާ އެކަންވެސް ވަނީ އިފްތިތާޙްކޮށްފައެވެ.