ތައާރަފް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 2010/07) ގެ ދަށުން އުފައްދަންޖެހޭ އިދާރީ ދާއިރާތައް (އަތޮޅުތަކާއި، ރަށްތަކާއި، ސިޓީތަކުގެ ކައުންސިލްތަކުގެ އިދާރީ އޮފީސްތައް) ޤާނޫނު އަސާސީގައި ވާ ފަދައިން ދިވެހި ސަރުކާރުން 2011 ފެބްރުއަރީ 21 ވީ ހޯމަ ދުވަހު އުފައްދަވައި، 1958 ވަނަ އަހަރުން ފެށިގެން ހޯރަފުށީގައި ހިންގަމުން އައި ރަށު އޮފީސް އުވާލެއްވިއެވެ. މިއަށްފަހު ހޯރަފުށީ އޮފީހުގެ ނަން ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާގެ ނަމަށް ބަދަލުވެގެން ދިޔައެވެ. ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއިން ކުރަމުން ގެންދާ މައިގަނޑު މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2010/07) ގެ 23 ވަނަ މާއްދާއާއި، 24 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 08، 09، 10، 11 އަދި 12 ވަނަ ބާބުގައި ބަޔާންކޮށްފައިވާ މަސައްކަތްތަކާއި އެޤާނޫނާއި އެހެން ޤާނޫނުތަކުން ކައުންސިލަށް ކުރުން ލާޒިމުވާ ނުވަތަ ކުރުމަށް ޙަވާލުކުރެވޭ ކޮންމެ މަސައްކަތެކެވެ.

 

ހޯރަފުށީގެ ވެރިންނަށް މަޝްވަރާ ދިނުމަށް އެންމެ ފުރަތަމަ 1931 ވަނަ އަހަރު ޢައްޔަންކުރި 14 ބޭކަލުންގެ ކޮމެޓީ:

* އަލްމަރުޙޫމް މޫސާ ކަލޭފާނު، ބަހާރުގެ / ހއ. ހޯރަފުށި

* އަލްމަރުޙޫމް މާލެމަންޖެ މޫސާ ތަކުރުފާނު، ފެހިވިލާގެ / ހއ. ހޯރަފުށި

* އަލްމަރުޙޫމް އީސާ ތަކުރުފާނު، ބުލާސަމްގެ / ހއ. ހޯރަފުށި

* އަލްމަރުޙޫމް ބޮޑުކަމަނަ ދޮންކޮއްކޮ، ރިހިގެ / ހއ. ހޯރަފުށި

* އަލްމަރުޙޫމް ޔޫސުފް އަޙްމަދު (ކަތީބު ތުއްތު)، ކެނެރީގެ / ހއ. ހޯރަފުށި

* އަލްމަރުޙޫމް ޢުޘްމާން އިބްރާހީމް ކަލޭފާނު، ސޯސަންމާގެ / ހއ. ހޯރަފުށި

* އަލްމަރުޙޫމް އަބޫބަކުރު މޫސާ (ދޮންމޫސާ އަބޫބަކުރު)، ސުވާސާގެ / ހއ. ހޯރަފުށި

* އަލްމަރުޙޫމް ބަޑި އަބޫބަކުރު ކަލޭފާނު، އިރަމާގެ / ހއ. ހޯރަފުށި

* އަލްމަރުޙޫމް މުޙައްމަދު ޢަލީ (ދޮންތުއްތު)، ޓިއުލިޕްމާގެ / ހއ. ހޯރަފުށި

* އަލްމަރުޙޫމް އިބްރާހީމް ޢަލީ (އިބްރާހީމް ކޮއްކޮ)، ފީރޯޒްގެ / ހއ. ހޯރަފުށި

* އަލްމަރުޙޫމް ދޮންބޭ ހާޖީ ކަލޭފާނު، ޢަންދަލީބުގެ / ހއ. ހޯރަފުށި

* އަލްމަރުޙޫމް ހުރާ މުޙައްމަދު ޙާޖީ، ބަޖީޗާގެ / ހއ. ހޯރަފުށި

* އަލްމަރުޙޫމް ޔޫސުފް އަބޫބަކުރު ކަލޭފާނު، ނޫރަންވިލާ / ހއ. ހޯރަފުށި

* އަލްމަރުޙޫމް ޢަބްދުﷲ ނަޢީމް، ކެނެރީގެ / ހއ. ހޯރަފުށި

 

ހޯރަފުށީގައި ވެރިކަން ކުރެއްވި ބޭފުޅުންގެ މަޢުލޫމާތު:

ކާޑުގޭން ރަށްހިންގި ދުވަސްވަރުގެ ވެރިން:

* އަލްމަރުޙޫމް ސައްދާދު އިބްރާހީމް ކަލޭފާނު، ސޯސަންމާގެ / ހއ. ހޯރަފުށި

* އަލްމަރުޙޫމް ކަތީބު މުޙައްމަދު ކަލޭފާނު، ބަހާރުގެ / ހއ. ހޯރަފުށި

* އަލްމަރުޙޫމް މޫސާ ކަލޭފާނު، ބަހާރުގެ / ހއ. ހޯރަފުށި

* އަލްމަރުޙޫމް އުޘްމާން އިބްރާހީމް ކަލޭފާނު، ސޯސަންމާގެ / ހއ. ހޯރަފުށި

* އަލްމަރުޙޫމް އަބޫބަކުރު މޫސާ (ދޮންމޫސަ އަބޫބަކުރު)، ސުވާސާގެ / ހއ. ހޯރަފުށި

* އަލްމަރުޙޫމް އަޙްމަދުދީދީ (އަހަންމައިދީ ކަތީބު)

* އަލްމަރުޙޫމް އިބްރާހީމް ފައުޒީ (އަތިރީ ގޯތި ކުޑަކަތީބު)، ނޫރަންވިލާ / ހއ. ހޯރަފުށި

* އަލްމަރުޙޫމް ޢަބްދުﷲ ނަޢީމް، ކެނެރީގެ / ހއ. ހޯރަފުށި

* އަލްމަރުޙޫމް މުޙައްމަދު އިބްރާހީމްދީދީ، ޖިހާދު / ހއ. ހޯރަފުށި

 

ރަށުއޮފީސް ހިންގި ދުވަސްވަރުގެ ވެރިން:

* އަލްމަރުޙޫމް ޢަބްދުﷲ ފަހުމީ (ދޮންމަނިކު ކަތީބު)، ގުލްޝަނީގެ / ހއ. ހޯރަފުށި

* އަލްމަރުޙޫމް ޔޫސުފް އަބޫބަކުރު ކަލޭފާނު، ނޫރަންވިލާ / ހއ. ހޯރަފުށި

* އަލްމަރުޙޫމް ޔޫސުފް ނަޖީބު ކަލޭފާނު، ބަހާރުގެ / ހއ. ހޯރަފުށި

* އަލްމަރުޙޫމް އާދަމް ސަލީމް، ރަބީޢުމަންޒިލް / ހއ. ހޯރަފުށި

* އަލްމަރުޙޫމް މުޙައްމަދު ނާޞިރު (ނާޞިރު ކަތީބު)، ބަހާރުގެ / ހއ. ހޯރަފުށި

* އަލްމަރުޙޫމް ޔޫސުފް ޢަލީ، ކުރިބޯށިގެ / ހއ. ހޯރަފުށި

* އަލްފާޟިލް ޢަބްދުﷲ އިބްރާހީމް (ބެރިންމަދޫ ކަތީބު)، ގާތުގިރި / ހއ. ހޯރަފުށި

* އަލްމަރުޙޫމް ޢަބްދުﷲ ޢަލީ، ކަނީރުމާގެ / ހއ. ހޯރަފުށި

* އަލްމަރުޙޫމް ޢަބްދުލްޣަފޫރު ޔޫސުފް (ޣަފޫރު ކަތީބު)، ނިޔާމަ / ހއ. ހޯރަފުށި

* އަލްފާޟިލް ޢަލީ ނަޞީރު (ނަޞީރު ކަތީބު)، ހުސްނުހީނާގެ / ހއ. ހޯރަފުށި

* އަލްފާޟިލް މުޙައްމަދު ވަޙީދު ޢުޘްމާން، މަލަ / ހއ. ހޯރަފުށި

* އަލްފާޟިލް އަޙްމަދު މުޙައްމަދުފުޅު، ސޯސަންމާގެ / ހއ. ހޯރަފުށި

* އަލްމަރުޙޫމް ޙަސަން ޔޫސުފް، ތަރިކަ / ހއ. ހޯރަފުށި

* އަލްމަރުޙޫމް އަޙްމަދު ނޫރީ، ކެނެރީގެ / ހއ. ހޯރަފުށި

* އަލްފާޟިލް އިލްޔާސް އިބްރާހީމް، މާޅިކަ / ހއ. ހޯރަފުށި

 

ހޯރަފުށީގައި ނައިބުކަމާއި، ޤާޟީކަން ކުރެއްވި ބޭފުޅުންގެ މަޢުލޫމާތު:

ނައިބުގޭގެ ދުވަސްވަރު ނައިބުކަން ކުރެއްވި ބޭފުޅުން:

* އަލްމަރުޙޫމް ހަތިފުށީ ދޮންމަނިކު، ދޭލިޔާގެ / ހއ. ހަތިފުށި

* އަލްމަރުޙޫމް ދޮންބޭ ހާޖީ

* އަލްމަރުޙޫމް މުޙައްމަދު ޢަލީ، ޓިޔުލިޕްމާގެ / ހއ. ހޯރަފުށި

* އަލްމަރުޙޫމް ބޮޑުކަމަނަ ދޮންކޮއްކޮ، ރިހިގެ / ހއ. ހޯރަފުށި

 

ނައިބު އޮފީހުގެ ދުވަސްވަރު ނައިބުކަން ކުރެއްވި ބޭފުޅުން:

* އަލްމަރުޙޫމް މުޙައްމަދު ޙުސައިން ކަލޭފާނު، ރޯޝަނީގެ / ހއ. ހޯރަފުށި

* އަލްމަރުޙޫމް ހަތިފުށީ ޙުސައިން ކަލޭފާނު، މުޝްތަރީ އާބާދު / ހއ. ހޯރަފުށި

* އަލްމަރުޙޫމް އާދަމް ސަލީމް، ރަބީޢުމަންޒިލް / ހއ. ހޯރަފުށި

 

ހޯރަފުށީ ކޯޓްގެ ދުވަސްވަރު ޤާޟީކަމާއި މެޖިސްޓްރޭޓްކަން ކުރެއްވި ބޭފުޅުން:

* އަލްފާޟިލް ޢަބްދުﷲ ރަޝީދު (ކުޑަސީދީ)، ހިޔާވަހި / ހއ. ކެލާ

* އަލްފާޟިލް މުޙައްމަދު ޝަރީފް، ރަންބުސްތާނުގެ / ހއ. ހޯރަފުށި

* އަލްފާޟިލް މޫސާ އިބްރާހީމް، ކާމިނީގެ / ހއ. އިހަވަންދޫ

 

ހޯރަފުށީގައި އިމާމު ކަމާއި މުދިމްކަން ކުރެއްވި ބޭފުޅުންގެ މަޢުލޫމާތު:

* އަލްމަރުޙޫމް މުދިމް ކަލޭފާނު (އިބްރާހީމް)، މާވާގެ / ހއ. ހޯރަފުށި

* އަލްމަރުޙޫމް ޔޫސުފް ތަކުރުފާނު، އަތިރީގެ / ހއ. ހޯރަފުށި

* އަލްމަރުޙޫމް މޫސާ ކަލޭފާނު، ބަހާރުގެ / ހއ. ހޯރަފުށި

* އަލްމަރުޙޫމް އުޘްމާން އިބްރާހީމް ކަލޭފާނު، ސޯސަންމާގެ / ހއ. ހޯރަފުށި

* އަލްމަރުޙޫމް ޔޫސުފް ނަޖީބު ކަލޭފާނު، ނޫރުމަންޒިލް / ހއ. ހޯރަފުށި

* އަލްފާޟިލް ޢަބްދުއްސަލާމް ޢަލީ، ވާދީނަޝީދު / ހއ. ހޯރަފުށި

* އަލްމަރުޙޫމް ޢަބްދުﷲ ޝަކީބު، ގުލިސްތާން / ހއ. ހޯރަފުށި

* އަލްފާޟިލް ޢަބްދުލްވާޙިދު ޔޫސުފް، ރަޙްމާނީހިޔާ / ހއ. ހޯރަފުށި

* އަލްފާޟިލް އިބްރާހީމް ނަޞީރު ޢަބްދުﷲ، ގާތުގިރި / ހއ. ހޯރަފުށި

* އަލްފާޟިލް މުޙައްމަދު ވަޙީދު، ޢާލަމް / ހއ. ހޯރަފުށި

* އަލްފާޟިލް އަޙްމަދު ޝުޖާޢު، ތޯތާގެއާގެ / ހއ. ހޯރަފުށި

* އަލްފާޟިލް އިބްރާހީމް ޢާމިރު، ރަޙްމަތުލްވާދީ / ހއ. ހޯރަފުށި

* އަލްފާޟިލް ފަތުހުﷲ ޙުސައިން، ފިނިވާގެ / ހއ. ހޯރަފުށި

* އަލްމަރުޙޫމާ ކުޑަސިއްތި ޔޫސުފް ތަކުރުފާނު، ދިލްބަހާރުގެ / ހއ. ހޯރަފުށި

* އަލްމަރުޙޫމާ ޝަމްސުއްނިސާ ނަފީސް، ހަޒާރުމާގެ / ހއ. ހޯރަފުށި

* އަލްމަރުޙޫމާ މަރްޔަމްފުޅު އިބްރާހީމް، ބިޖިލީގެ / ހއ. ހޯރަފުށި

* އަލްފާޟިލާ ޢާބިދާ ޢަލީ، ސޯސަންމާގެ / ހއ. ހޯރަފުށި

* އަލްފާޟިލް ޚަދީޖާ މޫސާ، ރަންކޮކާގެ / ހއ. ހޯރަފުށި

* އަލްފާޟިލާ މަރްޔަމްފުޅު ކުޑަހޮއްކު، ދާރުއްސަލާމް / ހއ. ހޯރަފުށި